view sourceprint?
ENTER

My Blogއައްސަލާމް ޢަލައިކުމް. މި ބްލޮގްއަކީ އަޅުގަނޑުގެ ވާހަކަތައް ޝާޢިއު ކުރުމަށް ޓަކައި ހަދާފައިވާ ބްލޮގެކެވެ. އަޅުގަނޑަކީ ފްރީލޭންސްކޮށް މަސައްކަތްކުރާ ލިޔުންތެރިއެކެވެ. "ލާރާ"އަކީ ވާހަކަ ލިޔުމުގައި އަޅުގަނޑު ގެންގުޅޭ ގަލަން ނަމެވެ. ރާއްޖޭގެ ބައެއް މަޝްހޫރު ނޫސް ވެބްސައިޓުތަކުން އަޅުގަނޑުގެ ވާހަކަތައް ކިޔާލެވޭނެއެވެ. އެގޮތުން ސަން އޮންލައިން، ވީ އޮންލައިން އަދި އަވަސް ނޫސް ފަދަ ވެބްސައިޓުތަކުގައި އަޅުގަނޑުގެ ވާހަކަތައް ވަނީ ޝާޢިއު ކުރެވިފައެވެ. މިހާރު ވެސް އަވަސްގެ އޮންލައިން ނޫހުގައި އަޅުގަނޑު އަންނަނީ ވާހަކަ ލިޔަމުންނެވެ. އަޅުގަނޑުގެ ހުރިހާ ވާހަކައެއް ވިދާޅުވުމަށް ފަސޭހައަކަށް އަޅުގަނޑުގެ މި ބްލޮގުގައި ވާހަކަތަކުގެ ލިންކުތައް ޖަހާފައިވާނެއެވެ. އަޅުގަނޑުގެ ވާހަކަތައް ވިދާޅުވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފަސޭހައަކަށް ޓަކައެވެ. އުންމީދު ކުރަނީ އަޅުގަނޑުގެ ބްލޮގު ބައްލަވާ އަދި ވާހަކަ ކިޔާން ޝައުގުވެރިވާ ފަރާތްތަކުގެ ތަރުހީބު އަޅުގަނޑުގެ މަސައްކަތައް (ވާހަކަތަކަށް) ދެއްވާނެ ކަމުގައެވެ. މި ލިޔުން ކޮޅު ކިޔާލުމުގައި ތި ހޭދަކޮށްލެވި ވަގުތުކޮޅަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.


[By believing passionately in something that still does not exist, we create it. The nonexistent is whatever we have not sufficiently desired.” [ Quoted by: - Franz Kafka (1883-1924) ]